ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

Language
part logo

Ibrahim Didi (IB)

Feydhoo Dhekunu Dhaairaa

Addu City

ޕްރޮފައިލް

ދާއިރާގެ ރައްޔިތުންގެ ހައްގުގައި އަބަދުމެ ވަކާލާތުކުރާނެ

އިބްރާހިމް ދީދީ އަކީ ފޭދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަސް އަހަރު އިހުލާސްތެރިކަމާ އެކު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަމިއްލަ މަސައްކަތުން ރަނގަޅު ދިރިއުޅުމެއް ބިނާކޮށް ހަރުދަނާ އާއިލާއެއް ބިނާކޮށްފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ އިގުތިސާދީ އެއްތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަންތިއެއްގައި މަސައްކަތްކުރައްވައި 20 އަހަރުގެ ދުވަހުގެ ތަޖުރިބާ އޭނާ ވަނީ ހާސިލުކުރައްވައިފަ އެވެ. މެދު ފަންތީގެ ވިޔަފާރި ފަށައި ކާމިޔާބުކަމާ އެކު އެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންނާއި ގާތް ގުޅުމެއް ބާއްވައި އެ ގުޅުން ދަމަހައްޓައި ފޭދޫގެ ރައްޔިތުންގެ ފަރާތުން އެކިއެކި ފޯރަމްތަކުގައި އަބަދުމެ އޭނާ ވަކާލާތުކުރައްވަ އެވެ.

ތެދުވެރިކަން އިސްކޮށް އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ

ފޭދޫގެ ހުރިހާ އުމުރުފުރާއެއްގެ ރައްޔިތުންނާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވައި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ރަށަށް ހިދުމަތްކުރަމަކީ އޭނާގެ އަމާޒެކެވެ. ގައުމުގެ މުސްތަގުބަލް ކަމަށްވާ ޒުވާނުންނަށް ހާއްސަ އިސްކަމެއްދެއްވައި ކުޅިވަރާއި މުނިފޫހިފިލުވުމާއި ވަޒީފާގެ ފުރުސަތު ހޯދުމުގައި އެހީތެރިވުމުގައި ދެމިހުންނަވާނެ އެވެ.

ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ވިސްނުމާއި ފިކުރު އަދި ކުރާ ކަންކަން ބަދަލުކޮށްފައި ނުވާ އަދި ނުވެސް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

އިބްރާހިމް ދީދީ އަކީ ފޭދޫ އަށާއި ފޭދޫގެ ރައްޔިތުންނަށްޓަކައި ފޮނި ހުވަފެންތަކެއް ދެކޭ އަދި އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ފުރުސަތަކަށް އެދިއެދި ހުންނެވި ބޭފުޅެކެވެ.

Share this Profile