ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

Language

Imthiyaaz Fahumy

Maafannu Uthuru Dhaairaa

Male' City

ޕްރޮފައިލް

ސިޔާސީ ދާއިރާގެ ތަޖުރިބާކާރެއް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަކީ ގައުމީ ހިދުމަތުގެ ރޮނގުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ކަމަށްވާ އަލްމަރުހޫމް ހުތް އަލިދީދީ އަށް ކާފަ ކިޔާ، ޖަލާލުއްދީނަށް ބޮޑުބޭބެ ކިޔާ އަދި މާފަންނު ފިނިވާގެ ހުސެން ފަހުމީ އާއި ހަސީނާ މުހައްމަދުގެ އެންމެ ހަގު ދަރިފުޅެވެ.

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ތިން ދައުރު ވެސް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރައްވައިފަ އެވެ.

އިމްތިޔާޒް އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެކެވެ. ސިޔާސީ ތަޖުރިބާ އާއި މަޖިލީހުގެ އިންސްޓިޓިޔޫޝަނަލް މެމޮރީ އޭނާ ހާސިލުކުރައްވާފައިވެ އެވެ.

އޭނާ ވަނީ ޑިމޮކްރެސީތަކުގައި ގާނޫނު ހަދާ މަޖިލިސްތައް މަސައްކަތްކުރާ ގޮތުގެ ފަންނީ ތަޖުރިބާ، އެމެރިކާގެ ކޮންގްރެސް އާއި އިގިރޭސިވިލާތުގެ ޕާލަމެންޓް އާއި ވޭލްޝް ޕާލަމެންޓް އަދި ނޯދަން އަޔަލެންޑް އެސެމްބްލީ އިން ހާސިލުކުރައްވައިފަ އެވެ.

ޑިމޮކްރެސީ އާއި ގުޑް ގަވަނަސް އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މަތީ ފޯރަމްތަކުގައި ވެސް އޭނާ ތަމްސީލުކުރައްވާފައިވެ އެވެ.

ޑިމޮކްރަސީގެ ދަތުރުގައި މުހިންމު ބައިވެރިއެއް

ދިވެހިން ޑިމޮކްރެސީއަށް ކުރި ދަތުރުގައި ވަރަށް ކުރިންސުރެ އަމަލީ ގޮތުން ބައިވެރިވެ، އިސްލާހީ ހަރަކާތަށް އޭނާ ހިދުމަތްކޮށްދެއްވި އެވެ.

އިންތިޔާޒް ވަނީ އެމްޑީޕީގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ. އަދި މިހާރު ދަ ޑިމޮކްރެޓްސްގެ ތަރުޖަމާންކަން ވެސް ކުރައްވަނީ އޭނާ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު ކަމާއި ގަވާއިދު ކޮމެޓީގެ މުގައްރިރު ކަމާ އަދި ބައެއް އެޑްހޮކް ކޮމެޓީތަކުގެ މުގައްރިރުކަން ވެސް އޭނާ ކުރެއްވި އެވެ.

އިސްކުރާނީ ނަޒާހަތްތެރިކަން

"އަޅުގަނޑުގެ ފަލްސަފާ އަކީ ޕޮލިޓިކަލް ވިލް އާއި ނަޒާހަތްތެރިކަން އިސްކޮށްގެން މަސައްކަތްކުރުމުގައި ދެމިހުރުން،" އިމްތިޔާޒް ވިދާޅުވި އެވެ.

Share this Profile